ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިންގެ ދަފްތަރެއް އެކުލަވާލައި އޭގައި ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ދަފްތަރަކީ ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނިކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލި ދަފްތަރެކެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އެކުލަވާލައިފާވާ މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 8 ވަނަ ދުވަހު އެވެ. މި ދަފްތަރުގައި، ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ ލިންކު މެދުވެރިކޮށް ގޫގަލް ފޯރމް ފުރިހަމަކުރުމަށްފަހު ރަޖިސްޓަރީކުރަން ހުށަހެޅޭނެއެއެވެ.
މި ދަފްތަރާއި ގުޅޭ އިތުރު މަޢުލުމާތު 3026930/3026951 އަށް ގުޅާލުމުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި، އެއިދާރާއިގެ އީމެއިލް recruitment@mohe.gov.mv މެދުވެރިކޮށްވެސް މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމުު ވަނީ ހަމަޖައްސާފަ އެވެ.
”ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލު 2024“ ވަނީ އާންމުކޮށްފަ އެވެ.




