ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނަށް ކެއުމާއި ނިދުން ފަދަ ޒަރޫރީ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެކަމަށް،ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ޝަމްއާން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅުގެ ދަށުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މަައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި އެމަސައްކަތުގެ ދަށުން، ޤަވާޢިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އާންމު ސިއްޙަތުގެ ރައްކާތެރި ކަމަށާއި ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ޤަވާޢިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކެއިންބުއިމާއި، ނިދުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅުއްވާނެކަމަށް ޝައްމާން ވިދާޅުވެފައި ވެއެވެ.
އެފަދަ މީހުންނަށް ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ. 33 ވަނަ މާއްދާގެ ދަށުށް ފިޔަވަޅު އަޅުއްވާނެކަމަށް ޝައްމާން ވިދާޅުވެފައި ވެެއެވެ.މި މާއްދާގައި ވާގޮތުންނަމަ، ޝަމްއާން އެ ފާހަގަކުރެއްވި ކަމެއް ދިވެއްސަކުކޮށްފިނަމަ، 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް، އެމީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އިޚުތިޔާރު ކޮމިޝަނަރ އޮފް އިމިގްރޭޝަނަށް ލިބިދެއެެވެ. އަދި، ބިދޭސީންވެސް 15،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު ލިބިގެންވެއެވެ.
ޝަމްއާން ވިދާޅުވީ، ޤާނޫނުތައް ހެދިފައިވަނީ އެކަކު ނުވަތަ ދެމީހެއްގެ މަސްލަހަތަކަށް ނޫންކަމަށާއި، އެތަންފީޒް ނުކޮށް އޮތުމަކީ މިހާރު އެކަން ނުކުރުމަށް އޮތް ހުއްޖަތެއް ނޫންކަމަށެވެ. އަދި، އެންމެންގެ ރައްކާތެރިކަމަށްޓަކައި އިމިގްރޭޝަނަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރާނެ ކަމުގެ ޔަގީންކަން ޝައްމާން ވަނީ ދެއްވާފަ އެވެ.
”ޤާނޫނުތައް ހެދިފައިވަނީ އެކަކު ނުވަތަ ދެމީހެއްގެ ކޮންވީނިއަންސަކަށް ނޫން. އާއްމު އެންމެހާ ފަރުދުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ ހެދިފައިވާ ޤާނޫނުތައް ތަންފީޒުކުރުމުން ހިތްހަމަ ނުޖެހޭ ބަޔަކު އުޅެދާނެ. ކުރިން ޤާނޫނު ތަންފީޒު ނުކޮށް އޮތުމަކީ މިއަދު ހަމަ އެގޮތަށް އޮންނަން ޖެހޭނެ ހުއްޖަތެއް ނޫންކަން. “ ޝަމްއާން ވިދާޅުވެފައި ވެއެވެ.
ދިވެހި ރާއްޖޭގައިގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް، ސަރުކާރުގެ ކަމާގުޅޭ އިދާރާތައް ހިމެނޭގޮތަށް ޚާއްސަ ޓާސްކްފޯސް އެއް އެކުލަވާލާފައިވާއިރު، އެ ޓާސްކްފޯސްއިން ދަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މިއޮަޕަރޭޝަންތަކުގައި އެފަދަ ބިދޭސީން އުޅޭ ތަންތަން ބަލާ ފާސްކޮށް ހަދައި ނުގަވައިދުން އުޅޭ މީހުން ހައްޔަރުކޮށް ޑީޕޯޓް ކުރުުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ދިވެހީންގެ ނިވާފަތްގަނޑުގައި ގަވާއިދާއި ޚިލާފަށް ވިޔަފާރި ކުރަމުންދާ މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.
ގަވާއިދާަ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަަތައް 24 ގަޑީއިރު އާންމުންނަށް ހުށަހެޅޭ ޕްލެޓްފޯމެއް ވެސް ވަނީ އިމިގްރޭޝަނުން ވަނީ ތައާރަފްކޮށްފަ އެވެ.“އިމިގުރޭޝަން ވޮޗް“ގެ ނަަމުގައި ތައާރަފުކޮށްފައިވާ މި ޕޯޓަލް މެދުވެރިކޮށް ރިޕޯޓް ކުރާ މައްސަލަތައްވެސް އިމިގްރޭޝަން އިން ދަނީ ބަލައި އެކަށީގެންވާ ފިޔަވަޅު އަޅަމުންނެވެ.



