ނ.ހޮޅުދޫ ގެއެއްގައި މީހަކު ނިޔާވެފައި އޮތްވާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މަރުވެފައި އޮތްވާ ފެނިފައިވަނީ އުމުރުން 50 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނީ، ޒަޚަމްތަކަކާއެކު، ހޮޅުދޫ ގެެއެއްގައި އަންހެނަކު އޮތްކަމަށް ފުލުހުންނަށް ހެނދުނު 10:10 ހާއިރު ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުން އެގެއަށް ގޮސް އޭނާގެ ހަށިގަނޑު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްދިން ކަމަށެވެ.
އަދި، އެރަށު ސިއްހީ މަރުކަޒާއި ހަވާލާދީ އެމީހާ ނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ދަނީ ސީންގައި ހަރަކާތްތެރިވަމުންނެވެ.



