ކުޅުދުއްފުށީ ފަޅުތެރޭގައި މީހަކު ހޭނެތިފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ، ކުޅުދުއްފުށީ ފަޅުތެރެއިން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
އަޕްޑޭޓް(10:56):
ފުލުހުން ދެންމެ ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށެވެ.
ނިޔާވެފައިވަނީ ކުޅުދުއްފުށި ސިޓީ، ޑެއިޒީ ފެހި، މުހައްމަދު ހަސަން(36) އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ.


