ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑު އިތުރު ތަހުލީލުތައް ކުރުމަށް މާލެ ގެނެސްފި އެވެ.
އިއްޔެ ހެނދުނު އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނިފައިވަނީ،އެ ރަށު ނިއުލައިފް، ޒަކިއްޔާ މޫސާ(50) އެވެ.
ފުލުހުން މިއަދު ބުނީ، ޒަކިއްޔާގެ ހަށިގަނޑުގެ އިތުރު ތަހްލީލުތައް ކުރުމަށް ރޭ ދަންވަރުގެ ވަގުތެއްގައި މާލެ ގެނެސްފައިވާކަަމަށެވެ.
ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދޫގައި ހަރަކާތްތެރިވަމުން އަންނައިރު، މިހާތަނަށް އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.



