ހުޅުމާލޭގައި ހިންގި ބަނގުރަލުގެ އޮޕަރޭޝަނެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 މިދިލިމަގުން ކާރެއް ހުޓުވައި ބަލައިފާސްކުރިއިރު 144 ދަޅު ބަނގުރާ އަދި 4 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ކާލޫ (26އ) އެވެ. އަދި އެއީ ބަނގުލަދޭޝް ރައްޔިތެއްކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



