ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑު އިތުރު ތަހުލީލުތައް ކުރުމަށްފަހު އަނބުރާ ހޮޅުދުއަށް ފޮނުވާލައިފި އެވެ.
މަރުވެފައި އޮތްވާ ފެނުނު އެރަށު ނިއުލައިފް، ޒަކިއްޔާ މޫސާ(50) ގެ ހަށިގަނޑު އިތުރު ތަހުލީލުތައް ކުރުމަށް މާލެ ގެނައީ އަންގާރަދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަަ އެވެ.
ފުލުހުން މިއަދު ބުނީ، ޒަކިއްޔާގެ ހަށިގަނޑު އިތުރު ތަހުލީލުތައް ކުރުމަށްފަހު އަނބުރާ ހޮޅުދުއަށް މިއަދު ހެނދުނުގެ ވަގުތެއްގައި ފޮނުވާފައިވާކަމަށެވެ.
ޒަކިއްޔާ ދިރިއުޅޭ ގޭގޭ ބަދިގޭ ފަރާތު އިން ގުދަނެއްގައި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަންގާރަދުވަހު އެވެ. އެދުވަހު އެތަނަށް ގޮސް ޒަކިއްޔާގެ ހަށިގަނޑު އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ ފުލުހުންނެވެ. އެދުވަހު ފުލުހުންގެ ޚާއްސަ ޓީމެއް މާލެއިން އެހާދިސާ ތަހުގީގު ކުރަން ހޮޅުދުއަށް ދިއައެވެ. މިހާރުވެސް މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.
މަރުގެ ހާދިސާގެ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.



