އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) އިން އއ.ބޮޑުފުޅަދޫގައި ފިޒިއޮތެރަޕީ އައުޓްރީޗް ޕްރޮގްރާމެއް ހިންގައިފި އެވެ.
އައިޖީއެމްއެޗްގެ ފިޒިއޮތެރަޕީ ޓީމުން މި ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ ބޮޑުފުޅަދޫގެ ސިއްހީ މަރުކަޒާއި ގުޅިގެންނެވެ.
ދުނިޔޭގެ ފިޒިއޮތެރަޕީގެ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދިޔަ ދެދުވަހުގެ މިޕްރޮގްރާމްގައި ތިން ބާވަތެއްގެ ސެޝަންތަކެއް ކުރިޔަށްގެންދިޔަ އެވެ. މިއަހަރުގެ ފިޒިއޯތެރަޕީ ދުވަހުގެ ޝިއާރަކީ އުނަގަނޑުގައި ރިއްސމަށް އަލިއަޅުވާލުން ކަމަށްވާތީ މި އައުޓް ރީޗް ޕްރޮގްރާމގެ ތިން ސެޝަންވެސް ކުރިޔަށް ގެންދިޔައީ އެކަމަށް ޚާއްސަކޮށްގެންނެވެ.
އައުޓް ރީޗް ޕްރޮގްރާމްގެތެރެއިން، ގްރޫޕް އެޑިއުކޭޝަން ސެޝަންތަކާއި، ވަކި ވަކި ފަރުވާ ދިނުމުގެ ސެޝަންތަކާއި، ހައިޑްރޯތެރަޕީ ސެޝަނެއް ކުރިއަށް ގެންދިޔަ އެވެ. މައިގަނޑު ގޮތެއްގައި ފޯކަސް ކުރީ އުނަގަނޑު ރިއްސުމާއި، އަމިއްލައަށް ފަރުވާ ދިނުމުގެ ސްޓްރެޓެޖީތަކަށް ހޭލުންތެރިކުރުމަށެވެ.
ދުނިޔޭގެ ފިޒިއޯތެރަޕީ ދުވަސް ފާހަގަކުރަނީ ކޮންމެ އަަހަރެއްގެވެސް ސެޕްޓެމްބަރުމަހުގެ 8 ވަނަ ދުވަހު އެވެ. އެދުވަސް ފާހަގަކުރަނީ ފިޒިއޮތެރަޕިސްޓުން މުޖުތަމަޢަށް ކުރާ މުހިންމު ޚިދުމަތްތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުންނެވެ.



