ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިިރެކްޓަރު ޝިމާދު އިބްރާހީމް އައްޔަންކޮށްފި އެެވެ.
ފެނަކައިގެ އެމްޑީގެ މަގާމަށް ޝިމާދު އައްޔަންކުރުމާއި ގުޅިގެން މިއަދު އެކުންފުނިންް ވަނީ ޝިމާދު އަށް މަރުހަބާ ކިޔައި ސޯޝަލް މީޑިއާގައި އެކަން ހިއްސާކޮށްފަ އެވެ.
ފެނަކައިން މިއަދު ހިއްސާކޮށްފައިވާ އިތުރު މައުލޫމާތުތަކަށް ބަލާއިރު، އެކުންފުނީގެ ބޯޑަށް، އިތުރު ދެ މެންބަރަކުވެސް ވަނީ އައްޔަންކޮށްފަ އެވެ. އެއީ، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި، އަޙްމަދު މާޒިންއާއި އެސްޓީއޯގެ ޗީފް ފައިނެންޝައަލް އޮފިސަރުގެ މަގާމުގައި ހުންނެވި މުޙައްމަދު ނިޒާމް އެވެ. މި ދެބޭފުޅުންވެސް ބޯޑަށް އައްޔަންކުރައްވާފައިވަނީ ނިން-އެގްޒެކެޓިވް މެންބަރުންގެ ގޮތުގަ އެވެ.
Introducing our new board members: Mr. Ahmed Mazin & Mr. Mohamed Nizam!
We're excited to welcome Mr. Mazin and Mr. Nizam to our Board of Directors. Their expertise and dedication will be instrumental in driving our corporation forward. Together, we look ahead to new achievements… pic.twitter.com/1A5tL2kFBB— Fenaka Corporation Ltd (@TeamFenaka) September 15, 2024
މި ތިން ބޭފުޅުން ފެނަކައިގެ މަގާމުތަކަށް އައްޔަންކުރައްވާފައި މިވަނީ، މިދިޔަ މަހުގެ 26 ވަނަ ދުވަހު،މިނިސްޓަރ އޮފް ފިނޭންސުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފެނަކަ އެސްޓީއޯގެ ސަބްސިޑިއަރީ ނުވަތަ އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމަވާފައިވަނިކޮށްނެވެ. އެގޮތަށް ހަމަޖެއްސެވީ ފެނަކައަކީ ރައްޔިތުންނަށް ޔުޓިލިޓީސް ޚިދުމަތްދޭ ކުންފުންޏަކަަށްވެފައި، އެކުންފުނިންދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ކުންފުނީގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން މާލީގޮތުން ބާރުވެރިކުރުވުމުގެ ގޮތުންނެވެ.
ފެނަކަ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސަނީ
ރައީސް ނިންމެވި މި ބަދަލު ގެނައުމަށްޓަކައި، އެސްޓީއޯގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އެސްޓީއޯ ގްރޫޕްގައި ޢަމަލުކުރަމުން އަންނަ ގޮތަށް ގަވަރނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެސްޓީއޯއަށް ދިނުމާއެކު ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިންކުރުމާއި، ރަނގަޅު އުސޫލުތައް ތަންފީޒް ކުރުންފަދަ ކަންކަމުގެ އިހްތިޔާރު އެސްޓީއޯއަށް ދިނުމަށް ވަނީ ނިންމަވާފަ އެވެ.
ހަމައެއާއެކު ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރު އެސްޓީއޯއަށް ދިނުމަށާއި، މިކަން ކުރާއިރު ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް، ވީވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް މުވައްޒަފުން ބަދަލުކުރެވޭނެ ގޮތްތަކެއް ބެލުން ހިމެނެއެވެ.
އަދި މި މަރުހަލާ ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ފިނޭންސް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސްޓީއޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފެއްދުމަށާއި، މި ބަދަލާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށާއި، މި ބަދަލު ގެނައުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ނިންމާފައި ވެއެވެ.
ސަރުކާރުގެ އަމާޒަކީ، މި އަހަރުގެ ނިޔަލަށް، އެސްޓީއޯގެ ސައްތައިންސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރެއްވުމުގެ މަސައްކަތްތައް ނިންމެވުމެވެ.




