އަމިއްލަ ދެ އަންހެން ދަރިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ، ރޭ ދަންވަރުގެ ވަގުތެއްގައި މާލޭ ސިޓީގައި ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާއި، އޭނާގެ ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ފުލުހަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.
އަދި، މި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް އެ މައްސަލަ ތަހްގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ. އެއީ،42 އަހަރުގެ މީހެކެވެ.
އިއްޔެ ވެސް މެދު ރާއްޖެތެރޭ ރަށަކުން،18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހަށް ރިޕޯޓްކޮށްފައި ވެއެވެ. އެ މައްސަލަ ފުލުހުންނާއި، ސޯޝަލް މިނިސްޓްރީން ދަނީ ބަލަމުންނެވެ. މި މައްސަލައިގަ އެއްެވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.



