20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ދެވަނަ ޙާއްސަ ޖަލްސާ ފަށައިފި އެވެ.
މިއަދުގެ ޖަލްސާގައި މިހާރު ކުރިޔަށްދަނީ ސަރުކާރުގެ ފަރާތުން ކުންފުނީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ އިބްތިދާއީ ބަހުސް އެވެ. މިއީ، މި މިމަހުގެ 11 ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި ފުރަތަމަ ޖަލްސާގައި،ސަރުކާރުގެ ފަރާތުން، ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު ހުށަހެޅުއްވި ބިލެކެވެ.މި އިސްލާހަކީ ކުންފުންޏެއްގެ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކަށް ބައެއް ބަދަލުގެނައުމެވެ. އެގޮތުން، ކުންފުނީގެ ޤާނޫނުގެ 100، 113 އަދި 126 ވަނަ މާއްދާއަށް އިސްލާހު ހުށަހަޅާފައި ވެއެވެ.
މިއަދުގެ ބަހުސްގައި މިހާތަނަށް ބައިވެރިވަޑައިގެންނެވި ސަރުކާރަށް ނިސްބަތްވާ ހުރިހައި މެންބަރުން ވަނީ އެ އިސްލާހަށް ތާއީދުކުރައްވާ ކަން ބަޔާކުރައްވައި، ކުރީ ސަރުކާރުން ކުންފުނިތައް ހިންގިގޮތަށް ފާޑުކިޔުއްވާފައެވެ. އަދި ސަރުކާރުން، މިހާރު ކުންފުނިތަކުގެ ހިންގުމަށް ގެންނަ ބަދަލުތައް ބަލައިގަންނަކަން ހާމަކުރައްވައި، ސަރުކާރުން ގެންނަމުންދާ ބަދަލުތަކަށް މެންމްބަރުން ގެންދަވަނީ ތައްރީފް ކުރައްވަމުންނެވެ.
މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ޖެހޭ ކަންކަމަށް ވޯޓަށް އެހުންވެސް އެޖެންޑާކޮށްފައި ވެއެވެ.


