ޠޫފާން ’ޔަގީ‘ މިޔަންމާއަށް އަރައި ކުރިމަތިވި ތަފާތު އެކި ހާދިސާތަކުގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
މިޔަންމާ ސަރުކާރުގެ ތަރުޖަމާނު ޒޯ މިން ތުންއާ ހަވާލަދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، ޠުފާނުގައި ކުރިމަތިވި ފެންބޮޑުވުމާއި، ކިސަޑު ފޭބުމުގެ ތަފާތު އެކި ހާދިސާތަކުގައި، 113 މީހުން މަރުވެ 64 މީހުން ގެއްލިފައިވާ ކަމަށެވެ. އަދި، މި ހާދިސާތަކާއި ގުޅިގެން 320،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.
ޠޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ މިޔަންމާގެ މެދުތެރޭ ސަރަހައްދުތަކަށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެސަރަހައްދުތަކުން 66،000 ގެއެއް ބިމާ ހަމަވެ، 375 ސްކޫލެއް ވަނީ ބޭނުން ނުުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އަދި، މި ސަރަަހައްދުތަކުން ހާލުގައި ޖެހުނު 236،000 މީހުންނަށް ވަނީ 187 ރިލީފް ކޭމްޕެއްގައި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.
މިޔަންމާގެ އިތުރުން، އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކަށްވެސް މި ޠޫފާނުގެ އަސަރު ދަނީ ކުރަމުންނެވެ.


