ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް، އިބްރާހިމް ނާއިފް އައްޔަން ކޮށްފި އެވެ.
ނާއިފް އެމަގާމަށް އައްޔަންކޮށް، މަގާމުގެ މަސްއޫލިއްޔަތާއި ހަވާލުވުމާއި ގުޅިގެން ވެމްކޯއިން މިއަދު ވަނީ ނާއިފަށް މަރުހަބާ ކިޔާފަ އެވެ.
ނާއިފް ވެމްކޯގެ ޑީއެމްޑީ ކަމުގެ މަގާމަށް އައްޔަންކޮށްފައި މިވަނީ މިދިޔަ މަހު، އެ މަގާމުގައި ހުންނެވި،މުހައްމަދު އަބްދުލް ކަރީމް(ރުކުމާ) ފެނަކަ ކޯޕަރޭޝަންގެ ޑީއެމްޑީއަކަށް އައްޔަންކޮށްފައި ވަނިކޮށްނެވެ.
ނާއިފްވެސް ވަނީ މީގެ ކުރިން ފެނަކައިގެ ޑީއެމްޑީކަމުގެ މަގާމު އަދާކޮށްފަ އެވެ. އޭނާ އެމަގާމުން ވަކިކުރީ އޯގަސްޓްމަހުގެ ތެރޭގައެވެ. ނާއިފް އަކީ ވިޔަފާރީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.




