ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އދ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސްއޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގެން ތަގުރީީރު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި، އެ ބައްދަލުވުމުގެ ހަވާސާގައި އޮންނަ ސަމިޓް އޮފް ދަ ފިއުޗަރގައިވެސް ބައިވެރިވަޑައިގަތުމުގެ އިތުރުން ޕްރިންސްޓަން ޔުނިވަސިޓީ ގައިވެސް ރައީސް ތަގްރީރުކުރެވުމަށް ހަމަޖެހިފައިވާކަމަށް ހީނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އދ ސަލާމަތީ މަޖިލީހުގެ ޚާއްސަ އޯޕެން ޑިބޭޓެއްގައި ބައިވެރިވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާކަމަށްވެސް ހީނާ ވިދާޅުވި އެވެ. މިއީ، ދިވެހި ތާރީޚުގައި ޜާއްޖޭގެ ރައީސަކު ސަލާމަތި މަޖިލީހުގެ ޑިބޭޓެއްގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރުކަންވެސް ހީނާ ފާހަގަކުރެއްވި އެވެ.
މިއީ، ރައީސް ޑރ. މުއިއްޒު އދ ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އދ ގެ އާންމު މަޖިލީހުގެ 79ވަނަ ސެޝަން މިމަހުގެ 10 ވަނަ ދުވަހު ވަނީ ފަށާފަ އެވެ. މިމަހުގެ 28 ގެ ނިޔަލަށް ކުރިޔަށްދާނެއެވެ. މެންބަރު ގައުމުތަކުގެ ގިނަ އަަދަދެއްގެ ލީޑަރުން މިބައްދަލުވުމުގައ ބައިވެރިވަޑައިގަންނަވަ އެވެ.
ސަމިޓް އޮފް ދަ ފިއުޗަރ އޮންނާނީ މިމަހުގެ 22 އިން 23 އަށެވެ.



