ގއ. ވިލިނގިލީގައި އައިޑީ ކާޑްގެ ޚިދުމަތް ފަށައިފި އެވެ.
ވިލިނގިލީގައި އެ ހިދުމަތް ފެށުމުގެ ގޮތުން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ. އެރަސްމިއްޔާތުގައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން(ޑިއެންއޭ) ހިންގެވުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބް އަޙްމަދު
މިއާއެކު،ވިލިނގިލި ވެފައިވަނީ މާލެއިން ބޭރުން އައިޑީކާޑްގެ ހުރިހައި ޚިދުމަތެއް ފުރިހަމަޔަށް ދެވޭ ރަށަށެވެ. ޑީއެންއާރުގެ ސިސްޓަމް އެތުރިފައިވާ ގޮތުން ހުރިހާ އައިޑީ ކާޑެއް ޕްރިންޓް ކުރަމުން އަންނަނީ މާލޭންވެ. އަތޮޅު ތެރޭ މީހުންގެ އައިޑީ ކާޑް ވެސް ޕްރިންޓް ކުރަނީ މާލޭގައި ހުންނަ އޮފީހުންނެވެ. މި ސެންޓްރަލައިޒް ސިސްޓަމްގެ ސަބަބުން އަތޮޅު ތެރޭ މީހުންނަށް އައިޑީ ކާޑް ލިބެނީ ވަރަށް ގިނަ ދުވަސް ފަހުންނެވެ. އެހެންނަމަވެސް މިއަދު މި ފެށި ޚިދުމަތާއެކު، ވިލިނގިލިން އައިޑީ ކާޑް ޕްރިންޓްވެސް ކުރެވޭނެއެވެ. ވިލިނގިލީގައި އައީޑީކާޑް ޕްރިންޓްކުރުމުގެ ޚިދުމަތް ފެށުމުގެ ގޮތުން،ޑިއެންއޭއާއި ގއ.އަތޮޅު ކައުންސިލްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ.
މިިދޔަ ޖުލައި މަހު، ޑީއެންއާރް އިން ވަނީ، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އެ އިދާރާގެ މަސައްކަތްތައް ބައްޓަން ކުރުމުގެ ގޮތުން ޚާއްސަ ޕޯޓަލްއެއްވެސް ތައާރަފްކޮށްފަ އެވެ. ”ނާރެސް“ ޕޯޓަލް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީކާޑްގެ ސްޓޭޓަސް ބެލުމާއި މާލެއެކޭ އެއްފަދައިން އައިޑީ ކާޑް ދޫކުރުން އަދި އެޕްލިކޭޝަންތައް ބަލައިގަތުމުގެ ހިދުމަތް ލިބެއެވެ.



