ރޭ ރަސްފަންނުގައި ތިބި ބިދޭސީން ތަކަކަށް ވަޅިން ބިރުން ދެއްކުމަށް ފަހު ފައިސާ ފޭރުނު 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް އެ ދެމީހުން ވަޅިން ބިރުދައްކާ، ފައިސާ ނުދީފި ނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި އެ ދެމީހުން ހައްޔަރުކޮށް، ފޭރުނު ފައިސާތައްވެސް އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އަހުމަދު ސިވާތު (37 އ) އަދި މުހައްމަދު ސާލިމް (37 އ) އެވެ. މި ދެމީހުންނަކީވެސް ސ. ހިތަދޫ އަށް ނިސްބަތްވާ ދެމީހުންނެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.



