ތ. ހިރިލަންދޫއާއި ހއ. ކެލާއަށް އާ ޖެންސެޓް ގެންދިއުމުގެ މަސައްކަތް ފެނަކައިން ފަށައިފި އެވެ.
ފެނަކައިން ބުނީ، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ.ހިރިލަންދޫއާއި، ހއ ކެލާގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް، ޖެންސެޓް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
އެ ގޮތުން ތ.ހިރިލަންދޫއަށް 800 ކިލޯވޯޓްގެ ޖެންސެޓެއް އަދި، ހއ.ކެލާއަަށް 400 ކިލޯވޯޓްގެ ޖެންސެޓެއް ގެންދިއުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 151 އިންޖީނުގެ ހިންގަމުން އަންނައިރު، މައްސަލަ ޖެހެމުން އަންނަ އިންޖީނުގެ ތަކުގެ މައްސަލަ ހައްލުކުރުމަށް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، މިހާރު ކަރަންޓް ކެނޑެމުންދާ ރަށްރަށަށްވެސް ވަގުތީ ހަލެއް ގެނެސްފައިވާއިރު، އެރަށްރަށަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.



