ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް، ތިނަދޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މިނިސްޓަރުު އިއްޔެ ހަވީރު މަސްވެރިންނާއެކު ބޭއްވެވި މި ބައްދަލުވުމުގައި، ތެޔޮ ލިބުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް މަސްވެރިން އެދުނު ކަމަށެވެ. އަދި، ތިނަދޫގައި ވަދު ކަނދުފައްޗެއް އަޅަައިދިނުމަށާއި ތިނަދޫއިން ފަރުމަސް ގަނެވޭނެ އިންތިޒާމްތައް ހަމަޖައްސައިދުމަށް، ވުޒާރާގެ އެހީތެރިކަމަށް މަސްވެރިން އެދިފައިވާކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ތިނަދޫ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ސަޢުދުﷲ ޙީލްމީއާއި، ތިނަދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު އަލްސަން އަޙުމަދު ބައިވެރިވެރިވެވަޑައިގެންނެވިކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.




