އައްޑޫ ސިޓީ މަރަދޫ މީހަކު ގެއްލިގެން އުޅޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ދެންމެ ބުނީ، މަރަދޫ ފިރިހެނަކު އިއްޔެއްސުރެ ގެއަށް ނައިސްގެން ގެއްލިގެން އުޅޭ މައްސަލައެއް މިއަދު 13:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
ފުލުހަށް ރިޕޯޓްކޮށްފައިވަނީ، އެމީހާާ ރޭ 19:00 ހާއިރު ގެއިން ނިކުމެގެން ދިޔަ ގޮތަށް އަނބުރާ ގެއަށް އައިސްފައި ނުވާތީކަމަށް ފުލުހުން ބުނެފައިވެއެވެ. އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.




