ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން ފަށައިފި އެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތުދޭ ގޮތުގައި ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެމީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.
ފުލުހުން ހޯދަމުންދަނީ، ށ. ފޯކައިދޫ / ދަންމަރު، އަޙްމަދު ޒާހިދު އާއި ސ. ފޭދޫ / އެވަރެސްޓް، ޙުސައިން ޞާލިޙްއެވެ. މި ތިން މީހުން ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ސުވާލުކުރުމަށެވެ. ފުލުހުން ވަނީ މި ތިން މީހުންވެސް ވީ އެންމެ އަވަހަކަށް، ނުވަތަ މިމަހުގެ 30ވަނަ ދުވަހުގެ ހެނދުނު 10:00އަށް ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްއަށް ހާޒިރުވުމަށް އަންގާފަ އެވެ.



