ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މީގެ ކުރިންވެސް، މިހާރުވެސް، އަދި ކުރިޔަށް އޮތްތަނުގައިވެސް ފަލަސްތީނުގެ ރައްޔިތުންނާއިއެކު ތިބޭނެ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ، މިހާރު އެމެރިކާގެ ނިއުޔޯކުގައި ކުރިޔަށްދާ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގެ ތެރޭގައި، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާއި ބައްދަލުކުރެއްވުމަށްފަހު މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސް ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ދިވެހިން އަބަދުވެސް ތާއީދު ކުރާނެ ކަމަށާއި، އެކަމަށްޓަކައި ވަކާލާތު ކުރެވެން އޮތް ކޮންމެ ތަނެއްގައި ވަކާލާތު ކޮށްދެއްވާނެ ކަމަށެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް އާއި ބައްދަލުކުރައްވައި، ރައީސް ޑރ. މުއިއްޒު ވަނީ ރާއްޖެއިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް އައްބާސް ވަނީ ރާއްޖެއިން އަބަދުވެސް ފަލަސްތީނަށް ދެމުންގެންދާ އެއްބާރުލުމާއީ ތާއީދަށް ޝުކުރު އަދާކުރައްވާފައެވެ.
ނިއުޔޯކުގައި ހުންނަ އދ. ގެ ހެޑްކުއަރޓާރސްގައި ކުރިޔަށް ދިޔަ ބައްދަލުވުމުގައި، ރާއްޖެއާއި ފަލަސްތީނާއި ދެމެދު އޮތް ސިޔާސީ އަދި ހާރިޖީ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށްވެސް މަޝްވަރާ ކުރެވެނުވެ.


