2040 ވަނަ އަހަރު އަންނަ އިރު ދިވެހިރާއްޖެއަކީ ހުރިހާ މާނައެއްގައި ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިޔުމަކީ އެ މަނިކުފާނުގެ އެދިވަޑައިގަންނަވާ ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ.
އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރޭ ތަޤުރީރު ކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ 2040 އަނަ އަހަރު އަންނަ އިރު ދިވެހިރާއްޖެ ތަރައްޤީގެ އެންމެ މަތީ ހަރުފަތްތަކުގައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިޔުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ. އަދި މި ތަސައްވުރަށް ވާސިލުވުމަށްޓަކައި އުފެއްދުންތެރިކަން އިތުރުކޮށް، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިތުރުން ޤައުމުގު ގުދުތަތީ ރީތިކަމާއި ކަނޑުފަޅުގެ މުއްސަނދިކަމުގެ ބޭނުން ހިފަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މި ތަސައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި، މުއްސަސާތަކަށް އިސްލާހީ ބަދަލުތައް ގެނެސް، ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށް، އައި.ސީ.ޓީ.ގެ ވިއުގައާއި ޑިޖިޓަލް ލިޓަރަސީ އިތުރަށް ހަރުދަނާ ކުރުމަށް ރާއްވަވާފައިވާކަން ރައީސް ގެ ތަޤުރީރުގައި އެ މަނިކުފާނު ހާމަކުރެއްވިއެވެ. އަދި ޑިޖިޓަލް އިޤްތިސާދަކީ 2030 ވަނަ އަހަރު ދިވެހިރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރާ ބަޔަކަށް ހެދުމަކީ އެ މަނިކުފާނުގެ އަޒުމެއްކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ގެ ތަޤުރީރުގައި، އާ ސިނާއަތްތައް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން އެ މަނިކުފާނު ވަނީ ހަރުދަނާ މާލީ ދާއިރާއެއް ބިނާކުރުމަށާއި، އިޤްތިސާދު ސިންދާފަތު ކުރުމަށްޓަކައި ޑިވެލޮޕެންޓު ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ބޭންކެއް އުފައްދަވާފައިވާ ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން، ދައުލަތުގެ މަޤާމުތަކުގައި އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވުމުގެ އިތުރުން އެ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ޒުވާނުންގެ ބޭނުންތައް ސީދާ ދެނެގަތުމަށްޓަކައި އުފެއްދެވި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މަޢުލޫމާތުވެސް ރައީސް ހިއްސާކުރެއްވިއެވެ.



