ޕޮލިޓެކްނިކްގެ ދަރިވަރުންނާއި މުވައްޒަފުންނަށް އިނގިރޭސިވިލާތުގައި ތަމްރީނުވުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށްދިޔައީ،އިނގެރޭސިވިލާތުގެ ހައި ކޮމިޝަނާއި މޯލްޑިވިސް ޕޮލިޓެކްނިކުން އިއްޔެ ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމެއްގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެއްވީ، ޕޮލިޓެކްނިކްް ދަރިވަރުންނާއި މުވައްޒަފުންނަށް ތަފާތު ތަމްރީނާއި އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ ފުރުސަތު ފަހިކޮއްދިނުމާއި ގުޅޭގޮތުންނެވެ. އެގޮތުން، މި ބައްދަލުވުމުގައި ، ޕޮލިޓެކްނިކްގެ ދަރިވަރުންނާއި މުވައްޒަފުންނަށް އިނގިރޭސިވިލާތުގައި ތަމްރީނުވުމަށް ހުރި ފުރުޞަތުތަކާއި، ޕޮލިޓެކްނިކްގެ ކުރިއެރުމާއި ތަރައްޤީއަށް އިނގެރޭސިވިލާތާއި ޕޮލިޓެކްނިކް އިން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގެ އިތުރުން ކުރިއަށް އޮތް ތާނގައި، ދެ ޤައުމުގެ މަސްލަހަތު ހިމޭނޭހެން ކުރެވިދާނެ މަސައްކަތްތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.
މި ބައްދަލުވުމުގައި، ޕޮލިޓެކްނިކްގެ ފަރާތުން އެ އިދާރާގެ ސީއީއޯ ޛޫޝާން ކަމާލުއްދީނާއި، އެއިދާރާގެ އިސްބޭފުޅުންނާއި، އިނގެރޭސިވިލާތުގެ ހައި ކޮމިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.




