ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) ގެ އިމާރާތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ) އާ ހަވާލުކޮށްފި އެވެ.
ވެމްކޯގެ ”ހޮބާ“ ޚިދުމަތް ލިބިގަތުމަށް ސްޓެލްކޯއިން އިއްޔެ ވަނީ، ވެމްކޯއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން، ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖްމެންޓް ޑިރެކްޓަރު،ޙުސައިން ފަހުމީ އެވެ. އަދި ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަހީދު އިބްރާހީމް އެވެ.
ސްޓެލްކޯއިން ބުނީ،މި އެއްބަސްވުމުގެ ދަށުން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ސްޓެލްކޯގެ ޢިމާރާތްތަކާއި، ސްޓެލްކޯ ހިޔާގެ 2 ޓަވަރު ފޮޅައި ސާފުކުރުމުގެ މަސައްކަތް މީގެފަހުން ކުރާނީ ވެމްކޯއިން ކަމަށެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ވެމްކޯއިން ތައާރަފްކުރި، ”ހޮބާ“ ހިދުމަތަކީ ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކާއި އިދާރާތަކަށް ޚާއްސަކޮށްގެން ދޭން ފެށި ހިދުމަތެކެވެ.




