މަސްވެރީން މިފްކޯއަށް ކިރާފައިވާ މަހަށްވާ 17.3 މިލިއަން ރުފިޔާ މިއަދު ޖަމާކުރަމުންދާނެކަމަށް އެކުންފުނިން ބުނެފި އެވެ.
މިފްކޯއިން މިއަދު ފައިސާ ދޫކުރަނީ، 24 އޮގަސްޓުން 25 ސެޕްޓެމްބަރު މަހުގެ ނިޔަލަށް މިފްކޯއަށް ކިރި މަހުގެ ފައިސާ އެވެ. އެއީ، 17,350,903 (ސަތާރަ މިލިއަން ތިން ލައްކަ ފަންސާސް ހާސް ނުވަ ސަތޭކަ 3 ރުފިޔާ)ކަމަށް މިފްކޯއިން ބުންޏެވެ.
”ސަރުކާރުގެ އެހީތެރިކަމާއެކު މި ފައިސާ އެއްކޮށް އޮޑިވެރީންނަށް މިއަދު ޖަމާވަމުންދާނެ.މި ފުރުސަތުގައި ސަރުކާރުން މިފްކޯއަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރަން.“ މިފްކޯއިން ބުންޏެވެ.
މިފްކޯއިން މިދިޔަ ބުރާސްފަތި ދުވަހު ބުނީ،މިމަހުގެ ކުރީކޮޅުން ފެށިގެން މަސްއޮޑިފަހަރުގެ ޕެންޑިންގ ބިލްތަކާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި މިފްކޯއާ ދެމެދު މަޝްވަރާކޮށްގެން މިވަގުތަށް ހައްލުތަކެއް ހޯދިފައި ވާކަމަށެވެ. އެބުނި ގޮތަށް މިއަދު މިވަނީ މަސްވެރިންގެ ”ބެކްލޮގް“ އެއްކޮށް ދައްކާ ޚަލާސްކޮށްފަ އެވެ.




