ފުވައްމުލައް ސިޓީގައި ވާ މަދުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) ގެ ސަދަން އޭރިއާ ކޮމާންޑާއި ފުވައްމުލަކު ސިޓީ ކައުންސިލުން ގުޅިގެން މި ޕްރޮގްރާމް ފަށާފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
އެމްއެންޑިއެފް އިން ބުނީ، މި ޕްރޮގްރާމުގައި، ކޮންމެ ދުވަހަކުވެސް ފުވައްމުލައް ސިޓީގެ އެކި ސަރަހައްދުތަކުގައި ބަޑި ޖަހައިގެން ވާ މަދުކުރުން ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށެވެ.
ފުވައްމުލަކު ސިޓީކައުންސިލުން ބުނީ، މިއީ އެ ސިޓީގައި ވާ ގިނަވެ އާންމު ފަރުދުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން، ކުރިޔަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
”ދަނޑުބިންތަކަށާއި ގަސްތަކަށް ގެއްލުންވުމުގެ އިތުރުން ރަށުގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވެސް އެކި ވަރުގެ އުނދަގޫތަކާއި ކުރިމަތިލާންޖެހިފައިވޭ. ޝަކުވާތައް އަންނަނީ ގިނަވަމުން.“ ކައުންސިލުން ބުނެފައި ވެއެވެ.
މި ޕްރޮގްރާމުގައ ިހަރަކާތްތެރިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓުގައި މަސައްކަތްކުރާ ސިފައިންނެވެ.




