ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސްގެ ބިދޭސީ ފިރިހެން މުވައްޒަފަކު، ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެމީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. އޭނާގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންދިޔަ ކަމަށާއި ގެންދިޔައިރު ވެސް އެމީހާވަނީ މަރުވެފައި ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
އެ ބިދޭސީ މީހާއަށް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލެއް އަދި ހާމަވެފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މިމައްސަލަ ތަހުޤީޤު ކުރަމުންނެވެ.




