މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސޫމާއި ބެހޭ ގައުމީ އިދާރާއިން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މިރޭ 21:00 އިން ފެށިގެން މެންދަމު 2:00 އަށް ހުދު ސަމާލު ނެރެފަ އެވެ.
އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެއިދާރާއިން ހާމަކޮށްފައިވެ އެވެ.
އެއިދާރާއިން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.



