މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޮއިން ފެންނަ ގޮތުގައި ފެންހިންދުމުގެ މަސައްކަތް ކުރަމުން އަންނަނީ މާފަންނު އައިޖީއެމްއެޗް ކައިރީގައެވެ.
ބޯކޮށްވާރޭވެހުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެފައިވާއިރު، މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ މޫސުން ގޯސްވާނޭކަމަށް ލަފާކޮށް މިރޭގެ 21:00 އިން މެންދަމު 2:00 އަށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.
އެއިދާރާއިން ބުނެފައިވާ ގޮތުގައި އެވަގުތުތަކުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.




