އެފްއޭއެމްގެ ހިޔާނާތުގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގަތް ކަމަށް ތުހުމަތު ކުރެވޭ ދެ އެޕާޓްމަންޓު ފުލުހުންނާއި ހަވާލުކުރުމަށް ކަނޑައަޅާފައި އޮތް މުއްދަތު އިތުރުކޮށްދީފި އެވެ.
ފުލުހުން މީޑިއާ އާއި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ހާލަތައް ރިއާޔަތްކޮށް ސިޓީގައި އެދިފައިވާ މުއްދަތަށް ފުރުސަތު ދީފައިވާކަން ލިޔުމުން އަންގާފައިވާ ކަމަށެވެ.
ފުލުހުން މިހެން ވިދާޅުވެފައި ވަނީ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ބައްސާމް ސިޓީއަކުން އެދިފައިވާތީވެއެވެ.
”އެޕާޓްމެންޓުތައް ހަވާލުކުރުމަށް އޮކްޓޯބަރު 31 ވަނަ ދުވަހާއި ހަމައަށް މުއްދަތު ދިނުމަށް ބައްސާމް އާދިމް ޖަލީލުގެ ވަކީލުގެ ފަރާތުން ސިޓީއަކުން ވަނީ އެދިފައި“ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އޭރު ވިދާޅުވީ އެސިޓީއަށް ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިދެއެޕާޓްމެންޓު މިމަހުގެ 6 ވަނަ ދުވަހުގެ ކުރިން ފުލުހުންނާއި ހަވާލުކުރުމަށް ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައިވާއިރު، މިމައްސަލައަކީ ކޮވިޑުގެ ދުވަސްވަރު ފުޓުބޯޅަ ކުލަބުތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން ފީފާ މެދުވެރިކޮސް ނެގި ލޯނު ފައިސާއިން ބާއްސާމް ދެއެޕާޓްގަތްކަމަށް ތަހުމަތު ކުރެވޭ މައްސަލައެކެވެ.
މިމައްސަލައިގައި ފުލުހުން ވަނީ ބައްސާމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ.



