ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލްކަރީމް، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އަދި ގދ.ފިޔޯރީ ކައުންސިލާއި ބައްދަލު ކުރެއްވައިފިއެވެ.
އެކުންފުނިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި، މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމާ ގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
މިބައްދަލުވުމުގައި އެކުންފުނީގެ ޑީއެމްޑީ ޢަބްދުލްކަރީމްގެ އިތުރުން ކުންފުނީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވާކަމަށް ފެނަކައިން ވިދާޅުވިއެވެ.
ފެނަކައިގެ މީޑިއާ އޮފިޝަލް ’ސައުވީސް‘ އަށް ވިދާޅުވީ މިބައްދަލުވުމުގައި ރަށުގެ ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކައުންސިލާއި ގުޅިގެން ކުރެވެން ހުރި ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ.



