ކ.މާފުށި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 57 އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ބޮޑުކުރާ ސަރަޙައްދުން ނަގާ ވެލި ބޭނުންކޮށްގެން ހަދާ ބޭރުތޮށީގެ މަސައްކަތް ހިމެނޭ ކަމަށެވެ.
އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫގެ ދަށުން 28،836 އަކަ މީޓަރުގެ ބަނދަރު ފުންކުރުމާއި، 63،711 ކިއުބިކް މީޓަރުގެ އައު ބަނދަރު ފުން ކުރުމާއި، 4،414 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުމުގެ އިތުރުން 31 މީޓަރު ބޭރު ތޮށި 31 މީޓަރަށް ލުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ސޭންޑް ފިލް ބްރޭކް ވޯޓާ ހެދުމާއި، 64 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 700 މީޓާ ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި 374 މީޓަރު އެއްގަމު ތޮށި ޖެހުމާއި 367 މީޓަރ ސްކޯރިން އޭޕްރޮން ޖެހުމާއި 73 މޫރިން ރިންގް ހަރުކުރުމުގެ އިތުރުން 10 މޫރިން ބޮއި ހަރުކުރުމާއި އެކްސެސް ޕްލެޓްފޯމް އެޅުމާއި ކޮންކްރީޓް ބްރިޖެއް ހެދުމުގެ އިތުރުން ކޮންކްރީޓް ޖެޓީއެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.




