އިޒްރޭލާގެ ނިރުބަވެރި ހަމަލާތަކުން ސަލާމަތްކަން ހޯދައިދީ އެ ޔަހޫދީ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އީރާނުން ލުބްނާނަށް ފޮނުވާފައިވާ ހިޒްބުﷲ ޖަމާއަތް ބަލިކޮށްލެވިއްޖެ ކަމަށް ބުނެ، އިޒްރޭލުން ފާޑު ކިޔައިފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ފޮނުވި ވީޑިއޯ މެސެޖެއްގައި ބުނީ ހިޒްބުﷲ އިޒްރޭލުން މިހާރު ވާނީ ހިޒްބުﷲ ގެ ބާރު ކަނޑުވާލާފައި ކަމަށެވެ.
”އަހަރުމެން ހިޒްބުﷲ ގެ ބާރު ކަނޑުވާލައިފިން. އެމީހުންގެ ލީޑަރު ހަސަން ނަސްރުﷲ އާއި އޭނަ މަރާލުމަށް ދެން ގެނައި ލީޑަރާއި ދެން ވެސް އައި މީހުންތައް އަހަރުމެން ނައްތާލައިފިން“ ފަޚުރުވެރިކަމާއެކު ނަތަންޔާހޫ ބުނެފައިވެއެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއެލް ހަގާރީ މިވާހަކަތަށް އިތުރަށް ތަފްސީލުކޮށް ކިޔައިދެމުން ބުނީ ނަސްރުﷲ މަރާލުމުން ހިޒްބުﷲ ޖަމާއަތުން އެމީހުންގެ ލީޑަރަކަށް ދެން ގެނައީ ސަފީއްދީން ކަމަށާއި ނަމަވެސް ލުބްނާންގައި ހުރި އިންޓެލިޖެންސް ހެޑްކުއާޓަރސްއަށް މިދިޔަ ހަފްތާގައި އިޒްރޭލުން ދިން ބޮމުގެ ހަމަލާގައި މިހާރު އޭނާގެ މަރުވެފައިވާ ކަމަށް ވަރަށް ބޮޑަށް ޤަބޫލު ކުރެވޭ ކަމަށެވެ.



