ކާރިސީ ހިރާސް ކުޑަކުރުމާބެހޭ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން ފެނަކައިން ހިންގަން ރާވާފައިވާ ކަންކަމާ އަދި އެމްއެންޑީއެފްއާއި ގުޅިގެން ކުރެވިދާނެ ކަންކަމާއިމެދު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ފެނަކައިން ބުނީ އޮކްޓޯބަރު 13 ވަނަ ދުވަހު ފެނަކައިން ހިންގާ 157 ބްރާންޗްގައި ކުއްލި ހާލަތަށް އިޖާބަދިނުމުގެ އުސޫލު އެކުލަވާލުމާއި ކޮންމެ ރަށެއްގައި ހަރަކާތްތެރިވާނެ ޚާއްސަ ޓީމެއް އެކުލަވާލެވޭނެ ކަމަށެވެ.
މީގެއިތުރުން އެ ދުވަހާ ގުޅުވައިގެން ފުވައްމުލައް ސިޓީގައި، އެމްއެންޑީއެފްއާއި ފެނަކަ ގުޅިގެން، މުުއައްސަސާތަކާއި ފެނަކައިގެ މުވައްޒަފުންނަށް ޚާއްސަ ޙަރާތްތަކެއްވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކައިން ބުންޏެވެ.




