މަޖީދީމަގު ”ސޮރީ ބޯއިސް“ ފިހާރަ ކުރިމަތީގައި ޒަހަމްތަކަކާއެކު އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަޖީދީމަގު ”ސޮރީ ބޯއިސް“ ފިހާރަ ކުރިމަތީގައި އަނިޔާތަކެއް ލިބިފައި އޮތް ދިވެހި ފިރިހެނަކު އޮތްކަމަށް ރޭ ދަންވަރު 01:25 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަނިޔާ ލިބުނު މީހާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) އަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މިއަދު ހެނދުނު 6:19 .ދޫކޮށްލާފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




