ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރޭ ޕެޓްރޯލް ކުރަމުންދިޔަ އިރު ލިބުނު މައުލޫމާތަކާ ގުޅިގެން، ކާރެއް ހުއްޓުވައި ބަލައިފާސްކޮށް މީހަކު ހައްޔަރުކޮށްފައިވާ ކަމަަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީލަންކާ ރައްޔިތެއްކަމުގައިވާ ތަރިންދު މަހޭސްހަކަ (25އ) އެވެ.
އޭނާ ދުއްވި ކާރު އަމީން އެވެނިއު ކައިރިން ހުއްޓުވައި ބަލައިފާސްކުރިއިރު 28 ފުޅި ބަނގުރާ ފެނިފައިވާ ކަަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން، އޭނާ ދުއްވި ކާރުވަނީ ޓޯވކޮށްފައެވެ.
މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



