ކަފިހުރަހުން ހުރަސް ކުރަން އުޅުނު ކުޑަ އަންހެން ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަޖީދީމަގު ވިލާ މާރޓު ކައިރި ކަފިހުރަހުން ހުރަސް ކުރަން އުޅުނު އުމުރުން 3 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓު ވެފައިވާ ކަމަށް މިއަދު 15:40 ހާއިރު ރިޕޯޓު ކޮށްފައިވެއެވެ.
މި އެކްސިޑެންޓުގެ ސަބަބުން އެކުއްޖާ ވެއްޓި ނިއްކުރިމަތި ދުޅަވެފައިވާ ކަމަށާއި ކުއްޖާ މިހާރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައި ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ސައިކަލު ދުއްވަން އިނީ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ އަތުގައި ލައިސަންސް އޮންނަ ކަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



