ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ފެނަކައިން އެކުންފުނީގެ މުވައްޒަފުންނަށް ޚާއްސަކޮށް ވެބިނަރ އެއް ބާއްވައިފިއެވެ.
ފެނަކައިން ބުނީ މިއަދު ބޭއްވި މި ސެޝަން ޚާއްސަކުރީ، ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން މިއަހަރަށް ކަނޑައަޅާފައިވާ ”މަސައްކަތުގެ މާޙައުލުގައި ނަފްސާނީ ދުޅަހެޔޮކަން“ މި މައުޟޫއަށް ކަމަށެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހެވެ.
އެގޮތުން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މިއަހަރުގެ ޝިއާރެއް ކަމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވަނީ ”މެންޓަލް ހެލްތު އެޓް ވޯކް“ ނުވަތަ ”މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން“ މިއެވެ.
މިއަހަރު މިދުވަހަށް ޚާއްސަ ކޮށްފައިވާ ކުލައަކީ ފެހި ކުލައެވެ.



