މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި އާސަންދައިގެ ހިދުމަތް ދޮނުމަށްޓަކައި، އާސަންދައަށް ކުރާ ޚަރަދު ކުޑަކުރުމުގެ ލަފައާއެކު، އިތުރު 20 ލަފައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދީފިއެވެ.
މިފަދައިން އޭސީސީން ލަފާދީފައިވަނީ ދިރާސާ ރިޕޯޓު އާންމު ކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. އެ ރިޕޯޓު އާންމުކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
އޭސީސީގެ ވެބްސައިޓުގައި މިހާރު ޝާއިޢު ކޮށްފައިވާ އެ ދިރާސާ ރިޕޯޓުގެ މައުލޫމާތު ނަގާފައިވަނީ 2011 ވަނަ އަހަރުން 2023 ވަނަ އަހަރަށެވެ.
މިއަދު ބޭއްވި މި ޚަފްލާގައި އޭސީސީން ބުނީ މިފަދަ ރިޕޯޓެއް އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ސިއްހީ ވެލްފެއާ ނިޒާމުގައި ކޮރަޕްޝަނަށް އޮތް ހިރާސް ދެނެގަނެ އެކަންކަން އިސްލާހުކުރުމަށް ލަފާދިނުން ކަމަށެވެ.



