މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު 15:00 އިން މިރޭ 19:00 އަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފަގައެވެ.
އެއިދާރާއިން ބުނީ އެވަގުތުތަކުގައި ގަޑިއަކު 28 މޭލާއި 35 މޭލާއި ދެމެދު ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް ކުރަމުން މިދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގައި މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާއިބެހޭ އިދާރާއިން ދަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ސަމާލުތައް ނެރެމުންނެވެ. އަދި އެއިދާރާއިން ވަނީ މޫސުމަށް ރައްކާތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.



