ބޮލީވުޑްގެ ޚަބަރުތަކަށް އަވަސް ނަޒަރެއް ހިންގާލާއިރު މިހާރު އެންމެ ގިނަ ބަޔަކު ދައްކަމުންދާ އެއް ވާހަކައަކީ ރޯހިތު ޝެޓީގެ އެންމެ ފަހުގެ ރިލީޒެއް ކަމަށްވާ ”ސިންގަމް އަގެއިން“ ގެ ވާހަކައެވެ.
މި ފިލްމަކީ ރޯހިތު ކުރިން އުފައްދާފައިވާ ”ސިންގަމް“، ”ސިންގަމް ރިޓާރންސް“ އަދި ”ސިމްބާ“ ފިލްމުތަކުގެ ފްރެންޗައިސް ފިލްމެކެވެ. މާނައަކީ މީގައި އުޅޭ ބައެއް ތަރިންނަކީ ކުރިން އެ ފިލްމުތަކުގައި ވެސް އުޅުނު ތަރިންތަކާ ހަމަ އެ ކެރެކްޓާތައް ކަމަށެވެ. އޭގެ ތެރޭގައި އަޖޭ ދޭވްގަން، ކަރީނާ ކަޕޫރް ޚާން, ، އަކްޝޭ ކުމާރް އަދި ރަންވީރް ކަޕޫރު ވެސް ހިމެނެއެވެ. މި ފިލްމުން ފެނިގެންދާނެ އިތުރު ތަރިންނަކީ އަރްޖުން ކަޕޫރް، ޓައިގާ ޝްރޯފް، ޖެކީ ޝްރޯފް އަދި ދިޕިކާ ޕަދުކޯން އެވެ.
”ސިންގަމް އަގެއިން“ ގެ ޓްރެއިލާ މިހާރު ލޯންޗު ކޮށްފައިވާއިރު، މި ފިލްމު ރިލީސް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ”ސިންގަމް“ ސީރީޒްގެ އެންމެ ފަހުގެ މި ފިލްމުގެ ޓްރެއިލާ ލޯންޗު އިވެންޓުގައި ދީޕިކާ ބައިވެރިވެފައެއް ނުވެއެވެ. ސަބަބަކީ އޭނާއާއި ރަންވީރުގެ ފުރަތަމަ ދަރިފުޅަށް އަދި މަހެއްވެފައިވުމުން، ތުއްތު ދަރިފުޅު ކައިރީގައި ދީޕިކާ މަޑުކުރީ ކަމުގައި ރަންވީރު ބުންޏެވެ.
މީގެއިތުރުން އެ އިވެންޓުގައި ވާހަކަ ދައްކަމުން ރަންވީރު ބުނީ ”ސިންގަމް އަގެއިން“ އަކީ އޭނާއާއި ދީޕިކާގެ ދަރިފުޅުގެ އެންމެ ފުރަތަމަ ފިލްމު ކަމަށެވެ. ސަބަބަކީ މި ފިލްމު ކުޅުނުއިރު ދީޕިކާ ބަނޑުބޮޑު ކަމަށާއި ނަމަވެސް އެއިރު އެކަން އެންމެންނަށް ހާމަ ނުކުރާ ކަމަށެވެ.


