ނުކުޅެދުންތެރިކަން ހުންނަ މީހުން ޓޫރިޒަމް ދާއިރާއިން ތަމްރީނު ކުރުމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ހުޅުވާލައިފިއެވެ.
ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ތަމްރީނު ޕްރޮގްރާމަކީ އެމިނިސްޓްރީ އާއި ވަލްޑޯސް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިން އިންތިޒާމުކޮށްފައިވާ ޕްރްގްރާމް ކަމަށާއި މިޕްރޮގަރްމާ ކުރިއަށްދާނީ ތިން މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ.
ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާން ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު، މިނިސްޓްރީން ވަނީ މިޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ސީ.ވީ އަދި ތަޢުލީމީ ސެޓްފިކެޓްތައް des@msfd.gov.mv މެއިލް ކުރުމަށް އެދިފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދީ އެ މީހުން ކުރިއަރުވަން ސޯޝަލް މިނިސްޓްރީން މިހާރުވެސް އަންނަނޫ އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންނެވެ.



