ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ކޯޓަށް ހާޒިރުކޮށްދިނުމަށްޓަކައި އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ގދ. ވާދޫ / ޞަބާހީމަންޒިލް، އިޒާމް ޒާހިރު(25އ) އެވެ. ފުލުހުން ވިދާޅުވި ގޮތުގައި އިޒާމް ޒާހިރު ހޯދަމުންދަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކާ ގުޅިގެން ކޯޓުގައި ކުރިއަށް ގެންދާ އަޑުއެހުންތަކަށް ކޯޓަށް ހާޒިރުކުރުމަށްޓަކައެވެ. ނަމަވެސް އެއީ ކޮން ދައުވާއެއްކަމެއް އަދި މައްސަލަ ހުށަހަޅާފައިވަނީ ކޮން ކޯޓަކުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އިޒާމް ޒާހިރުއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ގދ. ވާދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9960159 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދިލައްވާފައިވެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް އެ މުއައްސަސާއިން ޝުކުރު ދަންނަވަމެވެ.



