ހުޅުމާލޭ ފޭސް 2 އިން އިތުރު 18 ބިމެއް ވިއްކުމަށް ބީލަމަށް ލައިފިއެވެ.
އިތުރު 18 ބިމެއް ވިއްކުމަށް ބީލަމަށް މިއަދު ލާފައިވާއިރު ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އެތަނުން ބިން ވިއްކުމަށް މިއަހަރުގެ މެއި މަހު ވެސް ބީލަމަށް ލައިފައެވެ.
އެގޮތުން އެޗްޑީސީން މެއި މަހު ބީލަމަށް ހުޅުވާލީ ހުޅުމާލޭ ފޭސް 2 ގެ ބީޗު ސަރަހައްދުން 13 ބިމެކެވެ. އޭގެ ފަހުން މިދިޔަ މަހު ވެސް އެ ސަރަހައްދުން ބިން ވިއްކަން ހުޅުވާލި އެވެ.
މިހާރު އިތުރު 18 ބިމެއް ބީލަމަށް ހުޅުވާލާފައިވާއިރު އޭގެ ތެރޭގައި ބީޗް ސަރަހައްދުން 16 ބިމަކާއި އެނޫން އިތުރު 2 ބިމެއް ވެސް ވިއްކުމަށް ހުޅުވާލާފައިވެއެވެ.
މި ބިންތައް ބީލަމުގެ އުސޫލުން ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށެވެ.
ބީލަމަށް ހުޅުވާލާފައިވާ ބިންތަކަށް އިތުރު ކުރީ 1،200 އަކަފޫޓާއި 1،584 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.
މި ބިންތައް ގަތުމަށް ހުޅުވާލާފައިވަނީ ދިވެހީންނަށް އެކަންޏެވެ، އޭގެ ތެރޭގައި %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮވެއެވެ. ބީލަން ފެށޭ އަގަކީ ބީޗު ސައިޑުން އަކަފޫޓަކަށް 4،000ރ.؛ ބީޗު ފްރަންޓުން އަކަފޫޓަކަށް 4،500 ރުފިޔާއެވެ.



