އައްޑޫ ސިޓީ ހިތަދޫގައި ތާރު އަޅައިގެން ހަދާފައިވާ މަގުތައް އަލުން ކޮންނަން ފަށައިފިއެވެ.
ތާރު އަޅައިގެން ހަދާފައި ހުރި މިމަގުތައް އަލުން ކޮންނަން ފަށާފައި ވަނީ ބައެއް ފެންހޮޅިތައް ފަޅައިގެންގޮސް ލީކުވަމުންދާތީ އާއި ކަރަންޓް ކެނޑުމުގެ މައްސަލަތަކާއި ގުޅިގެންނެވެ.
އައްޑޫ ސިޓީއަށް ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވަމުން އަންނައިރު، މިއީ މަގު ހެދުމުގެ ތެރޭގައި ކޭބަލްތަކަށް ގެއްލުންވެގެން ކުރިމަތިވާ މައްސަލަތަކެއްކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މިމައްސަލަތައް ހައްލުކުރުމަށްޓަކައި ހިތަދޫގައި ތާރު އަޅާފައިވާ ގާތްގަނޑަކަށް 80 ޕަސެންޓް މަގުތަކުގެ ތާރު އަލުން ކަނޑަން ތައްޔާރުވަމުންދާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.



