އދ. ގެ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅަށް 2.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރު މަހުގެ 20 އިން 20 އަށް ރައީސް ކުރެއްވި މިދަތުރުފުޅުފައި އެމަނިކުފާނާއިއެކު ވަޒީރުންނާއި ސަރުކާރުގެ ބަޑު ވަފުދެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ނުވަ ދުވަހުގެ މިދަތުރުފުޅަށް 2,455,583.01 ދިވެހި ރުފިޔާ ވަނީ ހަރަދުވެފައެވެ. އެހެންނަމަވެސް އެއޮފީހުން ވަކި ވަކި ކަންކަމަށް ހިނގި ހަރަދުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
މިދަތުރުފުޅުގައި ރައީސް ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި އަދި ބޭރުގެ އެހީދޭ ބައެއް ޖަމިއްޔާތަކާއި ވެސް ބައްދަލުކުރައްވާފައެވެ.




