ސައިބާ ކުށްތަކާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގައި ކާމިޔާބީތަކެއް ހާސިލްކުރެވިއްޖެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެ އެވެ
ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް ތައާރަފުކޮށްދެއްވާ ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ސައިބާ ކުށްތައް ތަހުގީގު ކުރުމުގެ ގާބިލްކަން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ އަމާޒަކީ އެންމެނަށް ރައްކާތެރި ސައިބާ މާހައުލެއް ކަށަވަރުކުރުމާއިއެކު، މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ގާއިމްކޮށް ސްޓްރެޓެޖީތައް ތަންފީޒުކޮށް ރާއްޖެއަކީ ޑިޖިޓަލް މުއާމަލާތްތަކަށް ރައްކާތެރި ތަނެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.
އޮކޮޓޯބަރު މަހަކީ އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ މަހެއްކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ މި މަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ސައިބާ ކުށްތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މުހިންމުކަން ރައްޔިތުންނަށް ބުނެދިނުމާއި މި ފިޔަވަޅުތައް އެޅުމަށް މުޖުތަމަޢުގެ ގިނަ ބަޔަކު ހޭލުންތެރިކުރުވާ އެކަމަށް ބާރު އެޅުން ކަމަށެވެ.
މީގެއިތުރުން ސީފީ ވިދާޅުވީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުގެ ނުރައްކާ މިހާރު އޮތް މިންވަރާ މެދު ކަންބޮޑުވާންޖެހޭކަން ކަމަށާއި ސްކޭމްގެ އެކި ހަމަލާތަކުގެ ޝިކާރައަކަށްވާ މީހުން ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.
އެގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގޭ ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ގިނަ މައުލޫމާތު ފުލުހުންގެ ސައިބާ ކުށްތައް ތަހުގީގުކުރާ ބަހާގަ އަލަށް އުފެދިގެންދާ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ސީޕީ ވަނީ ދެއްވާފައެވެ.
ސީޕީ އިތުރަށް ވިދާޅުވީ މި މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ ސައިބާ ކުށްތައް ހިނގާ މާހައުލުގައި ހަރަކާތްތެރިވާ އަދި ޑިޖިޓަލް ޕްލެޓް ފޯމްތައް ބޭނުންކުރާ ފަރާތްތަކަށް ހޭލުންތެރިކަމުގެ މައުލޫމާތު ލިބިގެންދިޔުން ކަމަށެވެ.




