ހުޅުމާލޭ ސްޕާއެއްގައި ހަށިވިއްކަމުން ދިޔަ މައްސަލައަކާއި ގުޅިގެން 7 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިނގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކޮށް 7 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން ހައްޔަރު ކުރެވުނު މީހުންގެ ވަނަވަރު ފުލުހުން އާއްމުކޮށްފައިވާއިރު، އޭގެ ތެރޭގައި 3 ދިވެހި އަންހެނުން ވެސް ހިމެނެއެވެ.
މިމީހުންގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭގެ ތެރެއިން ތައިލެންޑު ތިން އަންހެނުންގެ ބަންދަން 10 ދުވަސް ޖަހާފައެވެ. އަދި ދިވެހި 3 އަންހެނުންގެ ބަންދަށް 7 ދުވަސް ޖަހާފައިވާއިރު، ފިރިހެން މީހާގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފައެވެ.
މިމައްސަލައާއި ގުޅިގެން އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވ




