ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ )ސީއީއޯގެ( މަގާމަށް އެ ބޭންކްގެ ކުރީގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާކުރެއްވި މުހައްމަދު ޝަރީފް އައްޔަންކޮށްފި އެވެ.
ޝަރީފު މިމަގާމަށް އައްޔަން ކުރައްވާފައި ވަނީ އެމަގާމުގައި ހުންނެވި ކާލް ސްޓުމްކަ މިދިޔަ މަހުގެ 9 ގައި އިސްތިއުފާ ދެއްވުމުންނެވެ. ކާލް ސްޓުމްކަ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ހުސްވި ސެޕްޓެމްބަރު މަހުގެ 22 ގައި ވަނީ ބޭންކަށް ސީއީއޯއެއް ހޯދުމަށް އިއުލާން ކޮށްފައެވެ.
މިމަގާމަށް އިއުލާން ކުރުމުން ސީއީއޯގެ މަގާމަށް ކުރިމަތިލި ހަމައެކަނި ދިވެއްސަކީ ޝަރީފެވެ. ޝަރީފު ބީއެމްއެލްއަށް ގުޅިފައި ވަނީ 1995 ވަނަ އަހަރެވެ. އެއަށްފަހު 2022 ވަނަ އަހަރު ޝަރީފު އިސްތިއުފާ ދެއްވާފައި ވަނީ 25 އަހަރަށް ވުރެއް ދިގު މުއްދަތަކަށް ބީއެމްއެލްއަށް ހިދުމަތް ކުރައްވުމަށްފަހުއެވެ.
މިއަދު ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ޝަރީފު އައްޔަންކުރައްވާފައިވާއިރު، މިއީ ބޭންކުގެ ބޭންކްގެ 42 އަހަރުގެ ތާރީހުގައި އެ ބޭންކަށް އައްޔަންކުރި ފުރަތަމަ ދިވެހި ސީއީއޯއެވެ.



