ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ މަސައްކަތުގެ 93 ޕަސެންޓް ނިމިއްޖެކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ މަސައްކަތުގެ 93 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި ބަނދަރުގެ ދެކުނު ކޮޅުގައި ޖެޓީ ހެދުމުގެ 70 ޕަސެންޓް މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މިމަޝްރޫއުގެ ދަށުން މަނަދޫ ބަނދަރުގެ 29,038 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރެވިގެންދާނެއެވެ. މީގެއިތުރުން، 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.
މިއީ 32.1 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.



